ޝަފްރާޒް

ފުރަތަމަ

ތިބާގެ މަޢުލޫމާތު ރައްކާތެރިކުރުން

ހޯދާ މަޢުލޫމާތު

ކޯހަކަށް، ހިލޭ ސެޝަނަކަށް ނުވަތަ ވެއިޓްލިސްޓަށް ނަން ލިޔުއްވާއިރު ނަން، ރަށް، ފޯނު ނަންބަރު އަދި އީމެއިލް ހޯދަމެވެ. ފީ ދައްކާ ކޯސްތަކަށް ބޭންކް ޓްރާންސްފަރގެ ރަސީދު ވެސް ހޯދަމެވެ.

ބޭނުންކުރާ ގޮތް

މި މަޢުލޫމާތު ބޭނުންކުރަނީ ރަޖިސްޓްރޭޝަން ކަށަވަރުކުރުމަށާއި، ފީ ޗެކްކުރުމަށާއި، ކްލާހުގެ ލިންކާއި މަޢުލޫމާތު ފޮނުވުމަށެވެ. އެހެން ބޭނުމަކަށް ނުވަތަ އެހެން ފަރާތަކާ ހިއްސާއެއް ނުކުރާނަމެވެ.

ފެންނަ ފަރާތްތައް

ރަސީދުތަކާއި ފަރުދީ މަޢުލޫމާތު ފެންނަނީ ހަމައެކަނި ސައިޓުގެ އެޑްމިނަށެވެ. ރަސީދުތައް ރައްކާކުރަނީ ޢާންމުކޮށް ހުޅުވާލެވިފައިނުވާ ތަނެއްގައެވެ.

ރައްކާކުރާ މުއްދަތު

ރަސީދުތައް ރައްކާކުރަނީ ކޯސް ނިމި 6 މަސް ވަންދެނެވެ. މަޢުލޫމާތު ފުހެލަން ބޭނުންނަމަ ގުޅުއްވުމުން ފުހެލާނަމެވެ.

ސުވާލެއް އޮތްނަމަ ޓެލެގްރާމް ގްރޫޕުން ގުޅުއްވާ.